އެމްއެންޑީއެފް

އާ އަހަރު ފެށުން ފާހަގަކުރަން ހަވާ އަރުވަނީ

Dec 30, 2021

އާ އަހަރުގެ ފެށުން ފާހަގަކުރަން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ސިފައިންގެއިން ބުނީ އާ އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ 11:59 ގައި ހަވާއަރުވާނެ ކަމަށެވެ. ހަވާ އަރުވާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެެވެ.

އާ އަހަރު ފެށުމުގެ ގޮތުން މީގެ ކުރިންވެސް ސިފައިންގެއިން ހަވާ އަރުވައި އެކި ކަހަލަ ހަރަކާތްތައް ހިންގާފައިވެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ވެސް ކުލަގަދަކޮށް އާ އަހަރު ފެށުން ފާހަގަކުރެ އެވެ.

އާ އަހަރު ފެށުން ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން އަންނަނީ މިއުޒިކް ޝޯއެއް ހުޅުމާލެ ދުވާ ޓްރެކް ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ބައިވެރިވާނެ އެވެ.