ދުނިޔެ

އައްބާސް، ޕޫޓިން ފޯނުން މަޝްވަރާ ކުރައްވައިފި

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ފޯނުން މަޝްވަރާ ކުރައްވައިފި އެވެ. ދެލީޑަރުންގެ މައިގަނޑު މައުލޫ އަކީ ސަރަހައްދީ މަސްހަލަތު ކަމަށް ފަލަސްތީން ސަރުކާރުގެ ނޫސް އޭޖެންސީން ވަނީ ބުނެފަ އެވެ.

ދެރައީސުންގެ މަޝްވަރާތަކުގައި ފަލަސްތީންގެ މަސްލަހަތަށް އަލިއަޅުއްވާލެއްވި އެވެ މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓުމަށް ދެދައުލަތް މުހިންމު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާ އާއި ފަލަސްތީން އަކީ ގާތް އެކުވެރިން ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނަކުން މަނާނުކުރާ ކޮންމެ ކަމެއްގައި ފަލަސްތީނަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވޭ ކަމަށް އައްބާސް، ޕޫޓިންއަށް ދެންނެވި އެވެ. ބައިނަލްއަގްވާމީ ގުނަވަންގައް މެދުވެރިކޮށް މަޝްވަރާ ކުރި ނަމަވެސް އެދެވޭ ހައްލެއް އަދި ވެސް ލޮލުކޮޅަށް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުން ސުލްހައަށް އެދި މަޝްވަރާއަށް ގޮވާލެވޭ އިރުވެސް ފަލަސްތީންގެ ބިންތަކުގައި ޔަހޫދީންނަަށް ގެދޮރުއެޅުން އިޒްރޭލުން ނުހުއްޓާ ކަމަށާއި އެއަށް ވުރެ ބޮޑު ހިތާމަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އައްބާސް އަދި ވިދާޅުވީ ހުރިހާ ވެސް މައްސަލަ އަކީ ފަލަސްތީންގެ ބިންތައް އިޒްރޭލުން ހިސޯރުކުރުން ކަމަށާއި ލޭއޮހޮރުވުން ފެށޭ ކޮންމެ ވަގުތެއްގައި ވެސް އަސްލަކަށް ވަނީ އެކަން ކަމަށެވެ.

ފަލަސްތީނާ އިޒްރޭލާ ދެމެދު ހަމަނުޖެހުމެއް ނުހިންގައި ފަރުޖެއްސޭތޯ މަސައްކަތް ކުރައްވާ ކަމަށް އައްބާސް ވިދާޅުވި އެވެ. އެހެން ނަމަވެސް. އެކްޓިވިސްޓުންގެ މެދުގައި ނުތަނަވަސްކަން އުފެދި ކެކިގަންނަ ފަހަރު އަންނަނީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެހީ ފަލަސްތީންގެ އެއްވެސް އިދާރާއަކުން ސްޕޮންސަރު ކޮށްގެން ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.