ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ނ. އަތޮޅަށް ވަޑައިގެންފި

Jan 4, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނ. އަތޮޅަށް ވަޑައިގެންފައި ވަނީ ދެ ދުވަހުގެ ދަތުރުފުޅަކަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ ނ. މާފަރު، ލަންދޫ، މަނަދޫ، މަގުދޫ އަދި ހޮޅުދޫއަށެވެ. ރައީސްގެ އެންމެ ފުރަތަމަ މަންޒިލަކީ މާފަރެވެ.

ރައީސްގެ ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާ ބައްދަލު ކުރައްވާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއިވެސް ބައްދަލު ކުރައްވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވާނެ އެވެ. އަދި މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ އާއި ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.