ގްރީން ޓެކްސް

ފަސް އަތޮޅެއްގެ ހޮޓާ، ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނުލިބޭ

Jan 4, 2022
2
ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ހިންފާ ކ. މާފުށީގެ ގެސްޓްހައުސްއެއް: ބައެއް އަތޮޅުތަކުން ގްރީން ޓެކްސް ނުލިބޭ
0%
0%
0%

ރާއްޖޭގެ ފަސް އަތޮޅެއްގެ ގެސްޓްހައުސްތަކާއި ހޮޓާ ތަކުން ގްރީން ޓެކްސް ލިބެމުން ނުދާ ކަމަށް ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ނޮވެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ގްރީން ޓެކްސް ގޮތުގައި ހޮޓާ އަދި ގެސްޓްހައުސްތަކުން ނުލިބެނީ ހއ. އަތޮޅާއި ށ. އަތޮޅު އަދި ރ. ގެ އިތުރުން ލ. އަތޮޅާއި ގދ އަތޮޅުންނެވެ.

ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހު އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ މާލެ އަތޮޅުންނެވެ. މި އަތޮޅުގެ ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި 25 މިލިއަން ރުފިޔާ އަދި ގެސްޓްހައުސް ތަކުން 724,499.19ރ. ދައްކާފައިވެ އެވެ. މި އަތޮޅުން ޖުމްލަ ގްރީން ޓެކުހުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ޓެކްސް އެންމެ ގިނައިން ދެއްކި ފަސް އަތޮޅު

  • މާލެ އަތޮޅު: 26 މިލިއަން ރުފިޔާ
  • ހދ. އަތޮޅު: އަށް މިލިއަން ރުފިޔާ
  • ރ. އަތޮޅު: 7.7 މިލިއަން ރުފިޔާ
  • ބ. އަތޮޅު: 7.5 މިލިއަން ރުފިޔާ
  • ޅ. އަތޮޅު: 5.5 މިލިއަން ރުފިޔާ
  • ދ. އަތޮޅު: 4.5 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ ލިބިފައިވަނީ 75 މިލިއަން ރުފިޔާ އެވެ. މީގެތޭގައި ގެސްޓްހައުސްތަކުން ލިބުނު 1.9 މިލިއަން ރުފިޔާ އާއި ހޮޓާތަކުން ލިބުނު 1.9 މިލިއަން ރުފިޔާ އަދި ރިސޯޓު ތަކުން ލިބުނު 70 މިލިއަން ރުފިޔާގެ އިތުރުން، ސަފާރީތަކުން ލިބުނު 1.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. އަދި މި ފަންޑުގެ ޖުމްލަ އަދަދަކީ ނޮވެމްބަރު މަހުގެ ނިޔަލަށް 840 މިލިއަން ރުފިޔާ އެވެ. އަދި ފަންޑަށް ނޮވެމްބަރުގެ ނިޔަލަށް 707 މިލިއަން ލިބިފައިވާއިރު ފަންޑުން 412 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910