ރާއްޖެއަށް މި އަހަރުގެ ފުރަތަމަ ތިން ހަފުތާ ތެރޭގައި 139،682 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅާބަލާއިރު 8.7 ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖެއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 128،551 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ރަޝިއާ - 16،488 ފަތުރުވެރިން
- ޗައިނާ - 15،891 ފަތުރުވެރިން
- އިޓަލީ - 14،763 ފަތުރުވެރިން
- އިނގިރޭސިވިލާތް - 12،511 ފަތުރުވެރިން
- ޖަރުމަނު - 8،529 ފަތުރުވެރިން
- އިންޑިއާ - 6،531 ފަތުރުވެރިން
- ފްރާންސް - 4،596 ފަތުރުވެރިން
- އެމެރިކާ - 4،553 ފަތުރުވެރިން
- ޕޮލެންޑް - 2،946 ފަތުރުވެރިން
- ކަޒަކިސްތާން - 2،545 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.3 ޕަސެންޓް -- 96،861 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 25.8 ޕަސެންޓް -- 35،971 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ހޮޓާތަކުގައި 3،491 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 3،312 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.