ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި އޮތީ ހަ ރަށެއް

ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް ބަންދުގައިވާ ރަށްތަކުގެ އަދަދު މަދުވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ އެ އެޖެންސީގެ މޮނިޓަރިންގައި މިވަގުތު އޮތީ ހަ ރަށެއް ކަމަށެވެ. އެއީ ގދ. ވާދޫ އާއި ކ. ތުލުސްދޫ އާއި ހދ. ނާވައިދޫ އާއި ދ. ހުޅުދެލީގެ އިތުރުން ކ. މާފުށި އަދި ހއ. އިހަވަންދޫ އެވެ. މި ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ ވާދޫ އެވެ. އެ ރަށް މޮނިޓަރިންއަށް ގެނެސްފައިވަނީ މިދިޔަ ޑިސެންބަރު 14 ގައެވެ.

ތުލުސްދޫ މޮނިޓަރިންއަށް ގެނައީ 20 ވަނަ ދުވަހު އެވެ. ނާވައިދޫ 25 ވަނަ ދުވަހު މޮނިޓަރިންއަށް ގެނެސްފައިވާއިރު ހުޅުދެލި މޮނިޓަރިންއަށް ލީ ޖެހިގެން އައި 26 ވަނަ ދުވަހު އެވެ. މާފުށި މޮނިޓަރިންއަށް ލީ ޑިސެންބަރު 30 ގައެވެ. އަދި އިހަވަންދޫ މޮނިޓަރިންއަށް ލީ އަހަރުގެ ފަހު ދުވަހު އެވެ.

މޮނިޓަރިންގައިވާ ރަށްތަކުގެ އަދަދު މަދުވީ ނަމަވެސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ ސައުވީސް ގަޑިއިރަކީ މާލެ ސަރަހައްދުގެ ކޮވިޑް ކޭސްތައް 100 އިން މައްޗަށް ދިޔަ ސައުވީސް ގަޑިއިރެވެ.