ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މާލެއިން ރަށްރަށަށް ދާ ނަމަ ޕީސީއާރު މަޖުބޫރު، ވެކްސިން ނުޖަހާ މީހުން ކަރަންޓީނަށް

މާލެއިން ރަށްރަށަށް ދާ ނަމަ ޕީސީއާރު މަޖުބޫރުކޮށް ކޮވިޑް-19 އިން ދިފާއުވުމަށް އެކުލަވާލާފައިވާ އުސޫލު ހަރުކަށި ކޮށްފި އެވެ.

އެޗްޕީއޭ އިން ދެންމެ ބުނީ މާލެ ސަރަޙައްދު ގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ އަދި މާލެ ސަރަޙައްދު (މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ) ގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާތީ މާދަމާއިން ފެށިގެން ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވެކްސިން ފުރިހަމަވެ 14 ދުވަސް ވެފައިވާ މީހުން ދަތުރު ކުރާނަމަ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެެއް ބޭނުންވާނެ އެވެ. އަދި ވެކްސިން ފުރިހަމަ ނުވާ މީހަކު ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުން މަޖުބޫރެވެ. މި މީހުންނަަށް ދަތުރު ކުރެވޭނީވެސް ހާލުބެލުން ޕޯޓަލް އިން ހުއްދަ ހޯދައިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ވެކްސިން ފުރިހަމަ މީހުންވެސް މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާނަމަ "ކޮވިޑްސޭފް" ޕޯޓަލް އިން ނެގެޓިވް ނަތީޖާ ދައްކަން ޖެހެއެވެ.

މި ފިޔަވަަޅުތައް އެޅުމުގެ ކުރީން އެހެން އިއުލާނެއް މެދުވެރިކޮށްވެސް އިތުރު ފިޔަވަަޅުތަކެއް އަޅާފައެވެ. އެގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މަގުމަތީ ބާޒާރުތައް ބޭއްވުން މަނާ ކޮށްފައިވެއެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތްތައް ކުޅިބަލާ މީހުންނަށް ވަދެވޭ ގޮތަށް ބޭއްވުންވެސް މިހާރު މަނަލެވެ.