ވިޔަފާރި

ސެންޓާރާ ރިސޯޓްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

Dec 16, 2015

އދ. ސެންޓާރާ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ސ. ހިތަދޫ މުހައްމަދު އިއްސާދު، 18 މަރުވެފައި އޮތްކަން އެނގުނީ އޭނާ ޑިއުޓީއަށް ނުގޮސްގެން ބެލި އިރު އެވެ. އަދި އޭނާއާ އެކު ވަޒީފާގައި އުޅޭ އެހެން ކުދިން ގޮސް ބެލި އިރު އިއްސާދު މަރުވެފައި އޮތީ އެ ކޮޓަރި ތެރޭގަ އެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު މެންދުރު 2:10 އެހާކަން ހާއިރު އެވެ. ފުލުހުންގެ އޮފިޝަލް ވިދާޅުވީ އޭނާ މަރުވެފައި އޮތް އިރު، ގައިގައި އެއްވެސް ކަހަލަ ޒަހަމެއް ފެންނަން ނެތް ކަމަށެވެ. އެހެން ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރާ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ވަގުތެއްގައި އިތުރު ތަހުގީގަށް ހަށިގަނޑު މާލެ ގެންނާނެ އެވެ.