ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލުން ޕީސީއާރް ހެދޭނެ

Jan 11, 2022
1

ހުޅުމާލެ ހޮސްޕިޓަލުން މިހާރު ޕީސީއާރް ޓެސްޓް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ ދަތުރު ކުރަން ބޭނުންވާ ޕީސީއާރް ޓެސްޓް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެ ހޮސްޕިޓަލުން ހެދޭނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށް ސާމްޕަލް ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ރާއްޖެ ސަރަހައްދުން ފެނިފައިވާތީ އާއި ކޮވިޑް ނަންބަރުތައް އިތުރުވުމާ ގުޅިގެން އިއްޔެއިން ފެށިގެން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން މާލެއިން ރަށްރަށަށް ފުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަވެ، 14 ދުވަސް ވެފައިވާ މީހުން ދަތުރު ކުރާނަމަ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެެއް ބޭނުންވެ އެވެ.

މާލެ ސަރަހައްދުން ހިލޭ ޕީސީއާރް ޓެސްޓް ހަދައިދެނީ ތާޖުއްދީން ސްކޫލް، އެފްއޭއެމް ބިލްޑިންގް އަދި ވިލިމާލެ ސާމްޕަލް ކަލެކްޝަން ސެންޓަރުންނެވެ. މިހާރު ހުޅުމާލެއިން ވެސް ޓެސްޓް ހެދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސޯޝަލް ސެންޓަރުގައި ކުރިން ޕީސީއާރް ޓެސްޓް ހެދުނު ނަމަވެސް އެތަން ވަނީ ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފަ އެވެ.

ތާޖުއްދީން ހުޅުވާފައި ހުންނަނީ ކޮންމެ ހޮނިހިރު ދުވަހަަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އަދި 3:00 އިން 6:00 އަށެވެ. އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން 12:00 އަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށެވެ.

އެފްއޭއެމް ބިލްޑިންގް ކޮންމެ ދުވަހަކު މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ހުޅުވާފައި ހުންނާނެ އެވެ. އަދި ވިލިމާލެ އިން ވެސް ކޮންމެ ދުވަހަު ހަވީރު 4:00 އިން އިރުއޮއްސި 6:30 ގައި ޓެސްޓް ކުރެވޭނެ އެވެ.