ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެެ އަދަދު އިތުރުވަމުންދާތީ ހުޅުމާލެ ހޮސްޕިޓަލް ޑައުންގްރޭޑްކޮށް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާވެ ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޑައުން ގުރޭޑްކޮށް ކޮވިޑަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބައެއް ހިދުމަތްތައް ހުއްޓާ ނުލާ ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ހުޅުމާލޭ ފެސިލިޓީއަށްވެސް އެނދު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.