ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ލަތާއަށް ކޮވިޑްޖެހި އައިސީޔޫގައި

އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ކޮވިޑް-19 ޖެހި މުމްބައިގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ލަތާ އަށް ފަރުވާ ދޭ ޑޮކްޓަރުންގެ ޓީމުގެ އިސް ޑޮކްޓަރު ޕްރަތިތު ސަމްދާނީ ވިދާޅުވި ގޮތުގައި އޭނާއަށް ވަނީ ކޮވިޑް ނިއުމޯނިއާ ޖެހިފަ އެވެ.

ލަތާ ހޮސްޕިޓަލަށް ގެނައީ އާދިއްތަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭރުން ފެށީގެން އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އުމުރުން 92 އަހަރުގެ ލަތާ އަށް ބޮޑުދައިތަ ކިޔާ ރަޗްނާ ޝާހް އިންޑިޔާގެ ނޫސްތަކަށް ބުނެފައިވަނީ އޭނާގެ ބޮޑުދައިތައަށް ކޮވިޑް ޖެހިފައި ވިޔަސް ހާލު ސީރިޔަސް ނޫން ކަމަށެވެ. ނަމަވެސް އުމުރުން ވަރަށް ދުވަސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައިސީޔޫގައި ބާއްވާފައި އޮތީ ކަމަށެވެ.