އެމްޓީސީސީ

ބުރިޖު އެޅޭ ކުންފުންޏަކަށް ވާނެ: އާޒިމް

ބުރިޖުތައް އެޅުމުގެ ގާބިލްކަން ލިބިފައިވާަ ކުންފުންޏަކަށް ދެ އަަހަރު ތެރޭގައި އެމްޓީސީސީ ވާނެކަމަށް އެ ،ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރޭ "ސަންގު ޓީވީ" އިން ގެނެސްދިން ޕްރޮގްރާމްގަ އެވެ. އާޒިމް މިހެން ވިދާޅުވިއިރު މިދިޔަ މަހު އެމްޓީސީސީން ބޭއްވި އަހަރީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބުރިޖު އެޅުމުގެ މަސައްކަތާ ދިމާލަށް އެމްޓީސީސީން މިސްރާބު ޖަހަން އެދި ވަޑައިގެނަފަ އެވެ.

ރައީސްގެ އެ އިލްތިމާސްއަށް އިޝާރާތް ކުރައްވައި އާޒިމް ރޭ ވިދާޅުވީ ރައީސްގެ އެ ތަސައްވުރަކީ އެމްޓީސީސީގެ ވެސް ތަސައްވުރު ކަމަށާއި އަދި އެ މަގަށް ދާން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑެެއް ޝައްކެއް ނުކުރަން އެމްޓީސީސީއަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކި ސައިޒްގެ ބުރިޖު އެޅުމުގެ ގާބިލްކަން ނުއުފެއްދޭނެ ކަމާ ދޭތެރޭ. އެކަމަށް މަސައްކަތް ކުރަމުންދަނީ،" އާޒިމް ވިދާޅުވި އެވެ.