ވިޔަފާރި

މަސައްކަތްތައް ހަލުއި ކުރަން އެމްޓީސީސީގެ އުޅަނދުތައް އިތުރުކުރަނީ

މޯލްޑިވްސް ޓްރާސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަ މަހު ދެ ބާޖާއި ދެ ޓަގު ގެންނާނެ ކަމަށް އެކުންފުނީގެ ސީއީއޯ އަބްދު ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެެވެ.

ބަނދަރު ހެދުމާއި ބޮޑުހިލަޖެހުން ފަދަ މަސައްކަތް އެންމެ ގިނައިން ކުރިޔަށް ގެންދާ އެއް ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ އިން އިތުރު ދެ ބާޖާއި ޓަގު އޮޕަރޭޓުކުރަން ފެޫމާއި ބެހޭގޮތުން "އަވަސް"އާ ވާހަކަދައްކަމުން ހަލީމް ވިދާޅުވީ މިހާރު ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކަށް ބޭނުން ކުރުމަށް ބޮޑުހިލަ ބޭރުން ގެނައުމުގައި ބައެއް ފަހަރު އުންދަގޫތަކެއް ކުރިަމަތި ވާ ކަމަށާއި އެކަން ހައްލު ކުރުމަށް ވާނީ އެކަމަށް ބޮޑެތިއިންވެސްޓު ކޮށްފައިވާ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން ކުރންފުނީގައި ބޮޑުހިލަ ގެނައުމަށް ދެ ބާޖާއި ދެ ޓަގު ބޭނުން ކުރަން. އިތުރު ދެ ބާޖާއި ދެޓަގު ގެނައުމަށް މިހާރު ބަނދެ ނިމިފަ، އޭގެ އިންޓަނޭޝިނަލް ކްލާސިންއާ ރެޖިސްޓްރޭޝަންގެ މަސައްކަތް ދަނީ ކުރަމުން. އެހެންވީމަ ޖެނުވަރީ މަހުގެ ފުރަތަމަ 15 ދުވަސް ތެރޭގައި އެދެބާޖާއި ދެޓަގު ގެނެސް އޮޕަރޭޓު ކުރަން ފަށާނެ" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެ އުޅަނދުތަށް ގެނައުމުން އަންނަމަހުން ފެށިގެން ހަތަރު ބާޖާއި ހަތަރު ޓަގު ބޮޑުހިލަ ގެނައުމަށް ބޭނުން ކުރާނެ ކަމަށާއި އަދި އޭގެ ސަބަބުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑު ހަލުވިކަމެއް ލިބި އަވަހަށް މަޝްރޫއުތަށް ނިންމޭނެ ކަމަށެވެ. އަދި މިދެބާޖާއި ދެޓަގު ވެސް އެމްޓީސީސީގެ ހަރަދުން ގެންނަ ކަމުގައިވީ ނަމަވެސް އެކަމަށް ހަރަދުވާ މިންވަރެއް ސާފެއް ނުވި އެވެ.