ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު މަބްރޫކް އަޒީޒް

މަބްރޫކް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jan 15, 2022
1

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ އޭނާ ޕޮޒިޓިވްވީ ދުވަސްކޮޅެއް ކުރިން ކަމަށާއި ޕޮޒިޓިވް ވީއިރު އޭނާ ހުންނެވީ ޗުއްޓީގަ އެވެ.

މަސައްކަތަށް ނިކުންނެވުމަށް ކުރިން އޮތީ މިއަދު ކަމަށާއި ނަމަވެސް ކޮވިޑަށް ޕޮޒިޓުވް ވުމުން މަސައްކަތަށ ދެން ނިކުންނަވާނީ ބަލިން ރަނގަޅުވުމުން ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތު 2020 ވަނަ އަހަރު އެންމެ ގޯސްވީއިރު ނޫސްވެރިންނާ ކޮންމެ ދުވަހަކު ބައްދަލުކުރައްވާ ކޮވިޑްގެ ހާލަތު ރައްޔިތުންނަށް އޮޅުން ފިލުއްވައިދީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް އެންމެ ބޮޑަށް ވިދާޅުވެ ދެއްވެވި ބޭފުޅަކީ ވެސް މަބްރޫކް އެވެ.

ރާއްޖެ އިން ކޮވިޑްގެ އާ ވޭރިއަންޓް ފެނުނު ފަހުން ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިފަ އެވެ. އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ގެންދަނީ ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.