ހޯމްސްޓޭ

ހޯމްސްޓޭ، ޓޫރިޒަމް ކުރީގެ ވާހަކައެއް

Jan 19, 2022
5
ގޭގޭގައި ޓޫރިސްޓުން ތިބެން ހުއްދަ އޮތް 1970 ގެ އަހަރުތަކުގައި ކ. ގުޅީ ޗާންދަނީ އާއިލާއެކު ޓޫރިސްޓެއް (ކ-1) އަށް ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ޓްރޮޕިކް ޓްރީ
62.5%
25%
12.5%

ހޯމްސްޓޭ ނުވަތަ ގެއިން މެހުމާންދާރީ ދިނުމަކީ ދިވެހިންގެ ޒަމާންވީ ރީތި އާދައެކެވެ. ދިވެހިންގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ. އެންމެ އިހުޒަމާނަށް ބަލާނަމަ ރަށަކަށް ބީރައްޓެއްސެއް އަރައިފިނަމަ އޭނާ ހުންނަ ގެއަކުން އެ މީހަކަށް އަޅާލަނީ ލާމަސީލު ރީތި މިސާލުތަކާއެކުގަ އެވެ. އެ މީހަކީ އެ ރަށުގެ ހަގީގީ ރައްވެއްސަކަށް ނުވިނަމަވެސް އޭނާ އެހެން މީހުންނާ ތަފާތެއް ނުކުރެ އެވެ؛ ހޯމްސްޓޭގެ ފެށުމަކީ މިއީ ކަމަށް ބުނެވިދާނެ އެވެ. ތާރީހީ އިލްމުވެރިންގެ ނަޒަރުގައި ރާއްޖޭގައި "ހޯމްސްޓޭ" ނެތް ޒަމާނެއް ނުދެކެ އެވެ.

"ރާއްޖެ މިއޮތީ ދުނިޔޭގެ އެންމެ ބޮޑު ޓްރޭޑް ރޫޓުގައި. އެހެންވެ އެންމެ ކުރިންވެސް އެފްރިކާ ބައްރުންނާއި ޔަމަނު ކަރައިން، އަދަނުން އަދި އަރަބިންނާއި ފާރިސީން އަދި ޗައިނާ މީހުން އައިސް ރަށްރަށަށް ފައިބާ އުޅުނު. އެ މީހުންނަށް ދިވެހިން މެހުމާންދާރީ ދީގެން އުޅުނީ. ހަގީގީ ހޯމްސްޓޭގެ ފެށުމަކީ މިއީ،" ޒުވާން ތާރީހު ދިރާސާ ކުރުންތެރިޔާ، އަލާ ދީދީ ވިދާޅުވި އެވެ.

މި "ހޯމްސްޓޭ" މިހާރު ފަށައިގެން މި އުޅޭ "ހޯމްސްޓޭ" ގެ ތަފާތަކީ ކޮބައި ހެއްޔެވެ؟

ބޭރުގެ ބަޔަކު ތިމާ އުޅޭ ގޭގެ ކޮޓަރިއެއްގައި ނިންދަވައި އެ މީހަކަށް މެހުމާންދާރީ- އެމީހެއްގެ އަތުން އެކަމަށް އަގެއް ނެގުމަކީ މިހާރު ފަށައިގެން މި އުޅޭ ހޯމްސްޓޭ އެވެ. މި ހޯމްސްޓޭގެ ވާހަކަ ދެއްކިނަމަވެސް މީގެ ބައިގަތުނު ކުރި ގާތްގަނޑަކަށް 1970 އާއި 1980 ގެ އަހަރުތަކުގައި ރާއްޖޭގައި "ހޯމްސްޓޭ" އޮތްކަން އެނގެން އެބައޮތެވެ.

މާލެ އަތޮޅުގައި ބައެއް ރަށްރަށާއި އަރިއަތޮޅުގެ ބައެއް ރަށްރަށުގެ ގޭގޭގައި ޓޫރިސްޓުން ބައިތިއްބަމުން ދިޔަ ދުވަސްވަރެއް ވެސް 1980 ގެ ކުރީކޮޅު އޮތެވެ. މިގޮތުން އެންމެ ގިނައިން ޓޫރިސްޓުން ތިބި އެއް ރަށަށީ ކ. ގުޅި އެވެ. ގުޅީގެ ޗާންދަނީ ގެއަކީ މިގޮތުން "ހޯމްސްޓޭ" އަށް މީހުން ތިބި އެއް ގެ އެވެ. މިހާރު އެ ގެއަށް ނިސްބަތްވާ ގެސްޓްހައުސްއެއް ޓްރޮޕިކްޓްރީގެ ނަމުގައި ހިންގަމުންދާއިރު މި އާއިލާ ގެސްޓްހައުސް ވިޔަފާރީގެ ތެރެ އަށް ވަދެފައިވަނީ ހޯމްސްޓޭގެ ތެރެއިން ލާފަ އެވެ. އެ ރަށަށް ދާ މެހުމާނުންނަށް ހިދުމަތް ކުރުމުގައި އެ ގޭގެ ވެރިޔާ އަލްމަރުހޫމް އިބްރާހިމް ފުޅު (ގުޅީ އިބްރާހިމް ފުޅު) އުޅުއްވި އެވެ. އެއީ 1970 ހިސާބު އެވެ.

ރަސްމީކޮށް "ހޯމްސްޓޭ" ފެށުމުގެ ގޮތުން މ. ދިއްގަރަށް ފުރަތަމަ އައި ޓޫރިސްޓުން -- އަވަސް ފޮޓޯ

ނަމަވެސް، 1972 ގައި ރަސްމީކޮށް ޓޫރިޒަމް އުފެދި، ރިސޯޓުތައް ހުޅުވަމުން ދިޔަ ދުވަސްވަރު 1984 ގައި ސަރުކާރުން ވަނީ ގޭގޭގައި ޓޫރިސްޓުން ތިބުން މަނާކޮށްފަ އެވެ. މި މަނާކުރުމާ ހަމައަށް ދިޔައިރު ބައެއް މި ވިޔަފާރި އޮތީ ބައެއް ރަށްރަށުގައި ފުޅާވެފަ އެވެ. ރަނގަޅަށް ޑޮލަރު ލިބޭ ކަމަށްވެފަ އެވެ. އަދި ބައެއް ރަށްރަށުގައި ތިބޭ ހަރުފުރައިގެ މީހުންނަށް ޓޫރިސްޓުންނާ ވާހަކަ ދައްކަކަން ދަތިވާތި އެ މީހުންގެ ދަރިންނަށް އިނގޭސި ބަސް ކިޔަވައިދޭން މާލެ ފޮނުވަމުން ދިޔަ އެވެ. މިގޮތަށް މާލެ ފޮނުވި ބައެއް މީހުން ތައުލީމީ ގޮތުން ކުރިއަރައި ބޭރު ގައުމުތަކުގެ އިސް ވަޒީފާތަކުގައި ވެސް މިހާރު އެބައުޅެ އެވެ. ނަމަވެސް އޭގެފަހުން ފެނުނީ ކުއްލިއަކަށް "ހޯމްސްޓޭ" ގެ ދޮރު ބަންދު ކުރި ތަނެނެވެ. ހޯމްސްޓޭގެ ދޮރު ބަންދު ކުރީ ކީއް ވެގެން ހެއްޔެވެ؟

ތާރީހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހޯމްސްޓޭ ޓޫރިޒަމް ސަރުކާރުން ހުއްޓުވުމުގައި ގިނަ ހުއްޖަތްތަކެއް ދެއްކި ކަމަށެވެ.

"ދީނީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބެލުމުގެ އިތުރުން އޭރު ޓޫރިޒަމްގެ އިސް ބޭފުޅުންގެ ޕްރެޝަރަކީ ވެސް މިކަން ހުއްޓުވުމުގެ ސަބަބެއް،" ރާއްޖޭގެ ތާރީހު ފަސޭހަކަމާއެކު ހިތުން ވިދާޅުވާ ތާރީހު ދިރާސާ ކުރުންތެރިޔާ ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"އޭރު ވެސް ބައެއް މީހުން އައިސް ގޭގޭގައި ތިބޭއިރު ހެދުން އެޅުމުގެ މައްސަލަތަކެއް އުޅުނު. އެކަމަކު ގިނަ މީހުން ވަރަށް ޑިސިޕްލިންކޮށް ރާއްޖޭގެ ސަގާފަތާއި ދިރިއުޅުމަށް އިހުތިރާމް ކުރި،"

ކޮންމެއަކަށް "ހޯމްސްޓޭ" އެއް މިއަދު ތައާރަފުކޮށްގެން އުޅުނަސް މިއީ މާކުރިން ރާއްޖޭގައި އޮތް އެއްޗެއްކަން އެނގެ އެވެ. މިހާރުގެ ތަފާތަކީ މަޑުކުރާ ކޮންމެ ދުވަކަށް އަގެއް ނެގުމެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަމް

ތިބުނާ މެހެންނާންދާރީ ދީނިމުނު އިރު އައްޑޫގެ ބަޔެއް އާއިލާތަކުގައި ހަނގަނޑުދޮން ކުޑަ ކުދިން ގިނަވެގެންގޮސްފައި ނުވޭތޯ؟

ޟުންދު

މިޒަމާނު ގަވެސް ހޯމް ސްޓޭއާއި ދެކޮކހު ހަދަަނީ ރައްޔިތުން މުއްސަނދި ވެދާނެތީ

މާހިރާ

އެހެންވެގެނެއް ނޫން. ރަނގަޅު ގަވާއިދެއް ހެދިފައިނެތުމާ، އަދި މިހާރު ގަވާއިދެއް އޮތްނަމަވެސް އެއާ އެއްގޮތަށް އަމަލުވެސް ނުކުރާތީ.

ނާ

ހަމަ ތެދެއްތަ؟ ތިޔަ އަލާދީދީއަކީ، ދޮގުވާހަކަ ފަތުރައިގެން މަގުބޫލުކަން ހޯދަންއުޅޭ މަކަރުވެރިއެއް. އޭނަޔަށް އެނގޭބާ އޭރު އެމީހުން ހެދުންއެޅުން ހުރިގޮތް ފެނޭބާ؟ މީ އެތައްއަހަރެއްފަސް. އޭރު އެކަން ހުއްޓުވި ސަބަބު އެނގިގެންބާ ލިޔަނީ. ކޯއްޗެއް ހޯދައިގެން ލިޔާމީހެއްމީ. އެއްޗެހީގަ ލިޔެފަ ހުންނަ ލިޔުންތައް ކޮޕީކޮށްގެން ލިޔުމުން ވައްކަންކޮށްގެން ލިޔާ މީހެއް. ޓުއަރިސްޓުންގެ މައްސަލަތައް މިހާރުވެސް ނެތިއްޔެއްނޫން، ކަމަކާ އަޅާލާނެ މީހަކު ނެތީ ދޮލަރު ލިބޭތީ

ވަސީމާ

މިއީ ވަރައް މަކަރުވެރި ގޮތަކައް ކައްކަން އުޅެފާއޮތް ކަނދިގަނޑެއް ބަލަ ތިދާއރއްޗެއް ވަރައް ސާފުކޮއް އެނގެޔޭ ހޯހޯ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910