އެޗްޑީސީ

ހިޔާގެ ތިން ލިފްޓެއް މަރާމާތަށް ބަންދުކޮށްފި

ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ ތެރެއިން ތިން ޓަވަރެއްގެ ތިން ލިފްޓް ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.

އެޗްޑީސީން ބުނީ ލިފްޓްތައް ބަންދުކުރީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

ބަންދުކުރި ލިފްޓްތައް

  • ޓަވަރު އެޗް-8 ގެ ލިފްޓް އެލް-4
  • ޓަވަރު އެޗް-9 ގެ ލިފްޓް އެލް-2
  • ޓަވަރު އެޗް-12 ގެ ލިފްޓް އެލް-2

އެޗްޑީސީން ބުނީ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުމާއެކު ހަފުތާއެއްގެ ތެރޭގައި މަސައްކަތް
ނިމޭނެ ކަމަށެވެ

ލިފްޓްތަކުގެ މެއިންޓެނެންސްގެ މަސައްކަތްތައް ބެލެހެއްޓުމަށް އެޗްޑީސީން މިދިޔަ މަހު ފަހުކޮޅު ވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުވެސް ކޮށްފަ އެވެ. އަދި އަދި މެއިންޓެނެންސްގެ މައްސަލަތަކާ ގުޅިގެން ގުޅާނެ ހޮޓްލައިންއެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފައިވާ އިރު ފްލެޓްތަކުގެ ކުލި ނަގަން ފަށާނީ އަންނަ އޭޕްރީލްމަހުން ފެށިގެން ނެވެ.