މޯލްޑިވްސް ޕޮލިސް ސާވިސް

މަގުމައްޗަށް ވެއްޓުނު ކޮތަޅެއްގައި ބިޔަރު ދަޅުތަކެއް

Jan 16, 2022
4

ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓުނު ކޮތަޅަކުން ބިޔަރު ދަޅުތަކެއް ފެނެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ރޭ ދަންވަރު ފެރީ ޓާމިނަލް ކައިރިން ދިޔަ ސައިކަލަކުން ވެއްޓުނު ކޮތަޅަކުން ބިޔަރު ދަޅުތަކެއް މަގު މައްޗަށް ވެއްޓިގެން އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ރިޕޯޓުކޮށްފައި ވަނީ 1:26 ހާއިރު އެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔައިރު ބިޔަރު ދަޅުތައް މަގުމަތީގައި ހުއްޓެވެ. އެކަމަކު އެ ސައިކަލު އެ ސަރަހައްދުން ވަނީ ފިލައިފަ އެވެ.

ފުލުހުން ބުނީ އަދި މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ސައިލަކުން ބިޔަރުދަޅުތަކެއް މަގުމައްޗަށް ވެއްޓިފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ސައިކަލެއްގައި ރާފުޅިތަކެއް ހިފައިގެން ދިޔަ މީހަކު ވަނީ އެކްސިޑެންޓެއް ވެފަ އެވެ. އެ ސައިކަލު ބާރު ސްޕީޑްގައި ދަނިކޮށް ފުލުހުން ހުއްޓަން އެންގުމުން މަޑުނުކޮށް ދަނިކޮށް މުލިއާގެ ފާރުގައި ޖެހިގެން އެކްސިޑެންޓްވީ އެވެ.