މޯލްޑިވްސް ޕޮލިސް ސާވިސް

ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

މާލެއިން އަތުލައިގަތް ބަނގުރާ ފުޅިތައް -- ފޮޓޯ: ފޮލިސް
0%
0%
0%

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ބުނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އޭނާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު 64 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ އިތުރު ތަހުގީގުތައް ޑްރަގް އެންފޯސްމަންޓުން އަންނަނީ ކުރަމުން ނެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ގދ. ހޯޑެއްދޫގެ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގައިންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345