މޯލްޑިވްސް ޕޮލިސް ސާވިސް

ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ތަރިންދު މަހޭސްހަކަ (25އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ޕެޓްރޯލްކުރުމުގެ ތެރޭގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އޭނާ ކާރެއްގައި ދުއްވާފައި ދަނިކޮށް ހުއްޓުވުމަށްފަހު ބަލައި ފާސްކުރިއިރު ކާރު ތެރެއިން 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އޭނާ ދުއްވަން އިން ކާރު ފުލުހުން ވަނީ ޓޯކޮށްފަ އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.