އަންހެނުން

ބްރިޖިން ދަ ކޮމިއުނިޓީސް އިފްތިތާހްކޮށްފި

އަންހެނުން ބާރުވެރިކޮށް މަސްތުވާތަކެއްޗާއި އެހެނިހެން އިޖުތިމާއީ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން އުފެއްދި ޖަމިއްޔާ "ބްރިޖިން ދަ ކޮމިއުނިޓީސް (ބީސީއެމް)" އިފްތިތާހުކޮށްފި އެވެ.

މދިޔަ ހުކުރު ދުވަހުގެ ރޭ ޓީއެފްޖީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޖަމިއްޔާ އިފްތިތާހު ކޮށްދެއްވީ ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރް މުހުތާރު އެވެ.

އަންހެނުން ބާރުވެރިކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން އިޖުތިމާއީ މަސައްކަތްތައް ކުރިއެރުވުމާއި، ތިމާވެއްޓާއި ޓެރަރިޒަމާއި ހަރުކަށި ޢަމަލުތަކާއި އަދި ސިއްހީ ދާއިރާއިން މުޖުތަމައު ހޭލުންތެރިކަން އިތުރުކުރުން ވެސް މި ޖަމިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.