ހަބަރު

މަޑުއްވަރީ އޮޕަރޭޝަންގެ ތެރެއިން މީހަކު ހައްޔަރުކޮށްފި

Dec 18, 2019
2
މަޑުއްވަރީ އޮޕަރޭޝަންގެ ތެރެއިން --
42.9%
28.6%
28.6%

ރ. މަޑުއްވަރީގައި ހައްދުފަހަނަ އަޅާފައިވާ ފިކުރު ފަތުރާ ބޮޑުން ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން މަޑުއްވަރީގައި މިހާރު ކުރިޔަށް ގެންދާ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ މިހާތަނަށް އެ އޮޕަރޭޝަންގެ ތެރެއިން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނެފައި ވަނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ. އެގޮތުން އަންހެނުނާއި ކުޑަކުދިން މުޖުތަމައުއިން ވަކިކޮށް ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން މިއަދު އޮޕަރޭޝަންގެ ބޭނުމަކީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތައް ބަލާ ފާސްކޮށް އެފަދަ އަމަލުތައް ހިންގުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ދެނެގަނެ އަންހެނުންނާއި ކުޑަކުދިން ހާލަތު ބަލައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުން ކަމަށް ފުލުހުން ބުންނެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ބިނާކޮށް ހައްގަކާ ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާއީ ކުށްތައް ކުރަމުންދާ ކަމަށާއި ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަންގެ ތެރޭގައި އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބުނަންތޯ

މިކަހަލަ ޚަބަރުކިޔާފަ ހައިރާންވެ... ހީވަނީ ކުދިޤަޢުމުތަކުގެ ތެރެއިން މިސާލަކަށް ސްރީލަންކާ ކަހަލަ ޤަޢުމެއްގެ ވާހަކަހެން، މިކިޔަނީ ކުޑަކުޑަ އާބާދީއެއް އޮންނަ ކުޑަ ކުޑަ ދިވެހިރާއްޖޭގެ ރަށެއްގެ ވާހަކަ.... އެތަކެއް އަހަރެއްވަނދެން ކުޑަކުދިންތަކަކަށާ އަންހެނުންތަކަކަ ފިރިހެނުންތަކެށް އެމީހުންގެ "ނުފޫޒާއި ބާރުގެ" ބޭނުންކޮށްގެން ދީނުގެ ނަމުގައި އެކުދިންނާއި އަންހެނުންތަކެށް އެފިރިހެނުންތަށް "ހައްޔަރު" ކޮށްގެން އުޅޭވާހަކަ... ކޮބާބާ އެކިޔާ ކައުނސިލަރުން، ކޮބާބާ ތަޢުލީމީ ކަންކަމަށް ސްކޫލުގައި އުޅުއްވާ ބޭބޭކަލުން، ކޮބާބާ ސިއްހީ މަރުކަޒު ނުވަތަ އެފަދަތަނެއްގައި އުޅުއްވާ ބޭފުޅުން. އަޅުގަނޑުމެންގެ ކަހަލަ އެހާކުދި ކުދި ރަށްތަކުގައި މިފަދަ ކަންކަން ހިންގިޔަދެވިގެން ހިންގޭނީ.

މަހާރަދުން

ޢޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަންނި އަޑީ ހުރެގެން މިގައުމުގަ ދީނީ މިނިވަންކަންދީ ސުކޫލުތަކުގަ ދީން ކިޔަވައިދިނުން ހުއްޓުވާނެ!!! މީހުންމަރނަީ ހަރިކަށީ ފިކުރުގެ މީހުންތޯ ޕާޓޭންތޯ ބަލާބަލަ....ބަލާބޮޓި ހަރުކަށި ފިކުރުގެ މީހުންގެ ކިބައިންތޯ ޕާޓޭންގެ ކިބައިންތޯ ބަލާބަލަ!!!ޙަމީދު އަޑިގަ ހުރެގެން މިގަުމުން އިސްލާމްދީން ފުހެން ރާވާފަ އޮތީ!!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345