ޓެރަރިޒަމް

މަނީ ލޯންޑަރިންއާ ޓެރަރިޒަމްއާ ގުޅޭ ތަމްރީން ޕްރޮގްރާމް ފަށައިފި

އިއްޔެ ފެށި މަނީ ލޯންޑަރިންއާ ޓެރަރިޒަމްއާ ގުޅޭ ތަމްރީން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ/ފުލުހުން
0%
0%
0%

މަނީ ލޯންޑަރިންއާ ޓެރަރިޒަމްއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށަައިފި އެވެ.

މިއީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ނޭޝަނަލް ޑްރަގް ކައުންސިލުން އެންޑޯޒްކޮށްފައިވާ 12 ޕޮއިންޓް އެކްޝަން ޕްލޭންގެ ތެރެއިން، މަސްތުވާތަކެއްޗާ ގުޅުންހުރި ފައިނޭންޝަލް އިންވެސްޓިގޭޝަނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެ ކެވެ.

އިއްޔެ ފެށި މި ތަމްރީން ޕްރޮގްރާމް ގައި ދިވެހި ފުލުހުންގެ ހިދުމަތުގައި، މިފަދަ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުން ހިމެނޭ ގޮތަށް 30 ބޭފުޅުން ބައިވެރިވެލައްވަ އެވެ. މި ޕްރޮގްރާމް ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާނެ އެވެ.

ފުލުހުން ބުނީ މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން މިހާރު ދިމާވަމުން އަންނަ ފައިނޭންޝަލް ކްރައިމްސްއާ ގުޅުންހުރި މައްސަލަތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ރޭވި އިންތިޒާމު ކުރެވިގެން ކުރިއަށް ގެންދާ ޑްރަގް ޓްރެފިކިން އަދި އެއާ ގުޅުންހުރި މަނީ ލޯންޑްރިންގެ ކުށްތައް ތަހުގީގުކުރާ ފަރާތްތަކުގެ ކެޕޭސިޓީ އިތުރުކުރެވިގެންދާނެ ކަމަށެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގައި މަސައްކަތްކުރައްވާފައިވާ ރިޓަޔާޑް އިންސްޓްރަކްޓަރުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345