ބ. އަތޮޅު މާޅޮހު ގެސްޓް ހައުސްއަކުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ކެނެޑާ މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
މިއީ 2019 ވަނަ އަހަރުގެ ޖުލައި މަހު، ބ. މާޅޮހު ގެސްޓްހައުސްއެއްގައި މަސްތުވާތަކެތި ގެންގުޅުނު ކެނެޑާ މީހެއްގެ މައްސަލަ އެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އޭނާގެ ކޮޓަރިއަށް ވަނީ އަމުރެއް ހޯދައިގެންނެވެ.
މި މައްސަލައިގައި އެ ކެނެޑާ މީހާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އޭނާ އިންކާރު ކުރި ނަމަވެސް ފުލުހުން ހުށަހެޅި ހެކިތަކުގެ އަލީގައި އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ.
މި މައްސަލައިގައި ކުށް ސާބިތުވުމުން، ލުއި އަދަބެއް ދޭން އެ މީހާ ކޯޓުގައި އެދުނު ނަމަވެސް ކޯޓުން ނިންމީ އޭނާ 100،000 ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށްލާށެވެ.
ފަންސަވީސް އަހަރަށް އޭނާ ޖަލަށްލީ ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި ފަސް މަހެއްހާ ދުވަސް ހުކުމުން އުނިކުރުމުން އޭނާ ދެން ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ، 24 އަހަރާއި ހަ މަހާއި 21 ދުވަހެވެ.