ކުޅިވަރު

ސާފްގެ ޖުޑިޝަލް ކޮމިޓީތަކަށް ޒުމައިލް އާއި މުހުތާޒު

Jan 17, 2022

ދެކުނު އޭޝިއާ ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ޖުޑިޝަލް ކޮމިޓީތަކަށް ރާއްޖޭގެ ދެ ބޭފުޅަކު އައްޔަންކޮށްފި އެެވެ.

އެގޮތުން އެ ކޮމިޓީ ތަކަށް އައްޔަންކޮށްފައިވަނީ ރާއްޖޭގެ މުހުތާޒް މުހްސިނާއި އިސްމާއިލް ޒުމައިލް ރަޝީދު އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު އައްޔަންކޮށްފައިވަނީ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަަށެވެ. ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވާނީ އިންޑިއާގެ ގުރްސިމްރާން ބުރާރު އެވެ.

ސާފްގެ އިސްތިއުނާފް ކޮމިޓީ އަށް އައްޔަންކޮށްފައިވާ ޒުމައިލް އަކީ އެ ކޮމިޓީގެ ވައިސް ޗެއާމަނެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ ސްރީ ލަންކާގެ ފާވީޒް މަހަރީފެވެ.

ޒުމައިލް އަކީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގައި ވެސް މެންބަރު ކަން ކުރައްވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާ އަކީ އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.