ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 32 މީހަކަށް އެޑްމިޓްކޮށް ފަރުވާ ދެނީ

ދިވެހީންގެ މައި ހޮސްޕިޓަލް: ކޮވިޑްގެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދެނީ މި ހޮސްޕިޓަލްގައި --
0%
0%
0%

ކޮވިޑް-19 އަށް ޕޮޒިޓިވްވި 32 މީހަކަށް އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ. ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ.

ރެއާ ހަމައަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ 23 މީހަކަށެވެ. ނަމަވެސް އެ މިރޭގެ ނިޔަލަށް އެ އަދަދު ވަނީ 32 އަށް އަރާފައެވެ.

އެޗްޕީއޭގެ އިސް އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަތިވަމުން ދިޔަނަމަވެސް މިވަގުތު ސީރިއަސް ހާލަތުވާ މީހަކު ނެތް ކަމަށެވެ.

މިއަދު 1420 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 826 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 346 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 84 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 6،456 ސާމްޕަލް އެވެ. މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 3،439 ސާމްޕަލެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 24 ޕަސެންޓް ގައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 6،993 މީހުންނެވެ. މިހާތަނަށް 97،730 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 32 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 265 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910