އެމްއެސްއެސް

އެމްއެސްއެސްގެ ބޯޓުގައި ބޮޑެތި މުސާރަތަކެއް ލިބޭ ވަޒީފާތަކެއް

Jan 22, 2022
1

ބޮޑެތި މުސާރަތަކެއް ލިބޭ ގޮތަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓުގެ ވަޒީފާތަކަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

ގައުމީ ޝިޕިން ކުންފުނީގެ އަމިއްލަ ބޯޓެއްގެ ގޮތުގައި މިވަގުތު އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު ރާއްޖެ ގެނައި "އެމްއެސް ގަލޭނާ"ގެ ނަން ދީފައިވާ ބޯޓެވެ. މި ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ.

އެމްއެސްއެސް އިން މިހާރު ގެންދަނީ 45،000 ޓަނުގެ އިތުރު އާގު ބޯޓެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެމްއެސްއެސްގެ ބޯޓުގެ ވަޒީފާތަކަށް ބޮޑެތި މުސާރަތަކެއް ލިބޭ ގޮތަށް މީގެކުރިންވެސް ދިވެހިން ހޯދަން ހުޅުވާލި އެވެ. އެމްއެސްއެސް އިން މިދިޔަ ބުރާސްފަތި ދުވަހު އަލުން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:30 އަށެވެ.

އެމްއެސްއެސް އިން ހުޅުވާލި ވަޒީފާތައް:

  • މާސްޓާ ޗީފް 1: 115،650 ރުފިޔާ
  • ޗީފް އިންޖިނޭރު 1: މުސާރަ 107،940 ރުފިޔާ
  • ސެކަންޑް އިންޖިނޭރު 1: މުސާރަ 92،520 ރުފިޔާ
  • ތާޑް އިންޖިނޭރު 1: 53،970 ރުފިޔާ
  • ފޯތު އިންޖިނޭރު 1: 19،250 ރުފިޔާ
  • ޗީފް އޮފިސަރު 1: މުސާރަ 92،520 ރުފިޔާ
  • ސެކަންޑް އޮފިސަރު 1: މުސާރަ 53،970 ރުފިޔާ
  • ތާޑް އޮފިސަރު 1: 38،550 ރުފިޔާ
  • އިލެކްޓްރިޝަން 1: މުސާރަ 53،970 ރުފިޔާ
  • ވެލްޑަރު 1: މުސާރަ 19،620 ރުފިޔާ
  • ޗީފް ކުކް 1: މުސާރަ 19،000 ރުފިޔާ
  • ބޯސަން 1: މުސާރަ 18،504 ރުފިޔާ
  • އޭބަލް ސީމަން 6: މުސާރަ 15،400 ރުފިޔާ
  • އޮއިލާ 4: މުސާރަ، 15،400 ރުފިޔާ
  • މެސް ބޯއި 1: މުސާރަ 13،560 ރުފިޔާ

މޯލްޑިވްސް ސްޓޭޓް ޝިޕިން އިން އެންމެ ފުރަތަމަ ބޭނުންކުރީ 700 ކޮންޓެއިނަރުގެ ބޯޓެކެވެ. އެކަމަކު ޗާޓާރުކޮށްގެން ދުއްވަމުން އައި އެ ބޯޓު ފަހުން ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

އެމްއެސްއެސް އުފައްދާފައިވަނީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްސެސްއެެމް)ގެ އެއް ޕަސެންޓް ހިއްސާއާއެކުގަ އެވެ.

ކޮންޓެއިނާ ގެންނަން އެ ކުންފުންޏަށް ގުޅުމުން ބޭރުގެ އެހެން އެޖެންޓުން ނަގާ ފީތައް ނުހިމަނައި ކޮންޓެއިނަރު ރާއްޖެއަށް ގެނެސްދޭނެ ކަމަށް އެމްއެސްއެސް އިން ބުނެ އެވެ.