އެމްޓީސީސީ

މާޅޮހު ބަނދަރުގެ އަޕްޑޭޓެއް ދީފި

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މާޅޮހުގެ ބަނަދރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ހާއްސަ މެޝިނަރީއަށް މިހާރު ދަނީ އިންވެސްޓްކުރަމުން ކަމަށެވެ.

މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނޮވެމްބަރު 10، 2020 ގައެވެ.

މި މަޝްރޫއުގެ ދަށުން، 24,335 ކިއު ބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަަށް ހަމަޖެހިފައިވެ އެވެ. އަދި 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށްވެސް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރަށް 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މިމަޝްރޫއޫގެ ތެރޭގައި ހިމެނެ އެވެ.

މި މަޝްރޫއަކީ 56.97 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 360 ދުވަހުގެ ތެރޭގައެވެ.