މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލެއް މޫދަށް ވައްޓާލި މައްސަލައެއް ބަލަނީ

Jan 23, 2022
1

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީން މީހެއްގެ ސައިކަލެއް މޫދަށް ވައްޓާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ފިރިހެނަކު ސައިކަލެއްގައި ދުއްވާފައި ގޮސް ހުޅުމާލެ ފެރީ ޓާމިނަލް ކައިރީން ޖެޓީ ސަރަހައްދުގައި ސައިކަލް ބެހެއްޓުމަށް ފަހު ސައިކަލުން ފައިބާ ފައިން ޖަހާ ސައިކަލް މޫދަށް ވައްޓާލާ މަންޒަރެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެ ސައިކަލް މޫދުން ނެގުމުގެ މަސައްކަތް މެރިން ޕޮލިސް އިން މިހާރު ކުރަމުންދާ ކަމަށެވެ. އެކަން ކުރަނީ ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީއާ ގުޅިގެންނެވެ.

މިކަން ހިނގަން ދިމާވި ސަބަބެއް ސާފެއް ނުވެއެވެ. އަދި އެ މީހާ މޫދަށް ވައްޓާލަނީ ކާކުގެ ސައިކަލެއް ކަމެއްވެސް ސާފެއް ނުވިއެވެ.