ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ހެންވޭރު ދަނޑުގައި ސާމްޕަލް ނަގާ ސެންޓަރެއް

Jan 23, 2022
2
ސާމްޕަލް ދޭން ކިއުގައި ތިބި ބައެއް: ކޮވިޑަށް ޓެސްޓް ކުރުމަށް ކިއުތަކުގައި ގިނަ ވަގުތު ތިބެން ޖެހޭތީ ޝަކުވާ ބޮޑު --
0%
0%
0%

ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގާ ސެންޓަރެއް ހެންވޭރު ދަނޑުގައި ހަދައިފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެ ސެންޓަރުން ހަވީރު ތިނަކުން ހަޔަކަށް ސާމްޕަލް ނަގައިދޭނެ ކަމަށެވެ.

މިވަގުތު މާލެ ސަރަހައްދުގައި ސާމްޕަލް ނަގައިދެނީ ތިން ސެންޓަރަކުންނެވެ. މާލެއިން ސިފައިންގެ ސެނެހިޔާ އަދި ވިލިމާލެ އިން ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެއިން ހުޅުމާލެ ހޮސްޕިޓަލުންނެވެ. ސާމްޕަލް ނަގައިދޭ ވަގުތުތަކުގައި ސެނެހިޔާ ފްލޫ ކްލިނިކް ސަރަހައްދުގައި އަބަދުވެސް ދިގު ކިއުތަކެއް އޮވެއެވެ.

މާލެއިން ރަށްރަށަށް ދާއިރު ކޮވިޑް ޓެސްޓް ހަދަން މަޖުބޫރު ކުރުމުން އެތައް ބަޔަކު ސާމްޕަލް ދޭން ކިއުތަކުގައި ގިނައިރު ތިބެއެވެ. މި ސެންޓަރުތަކަށް ބާރު ބޮޑުވަނީ ހިލޭ ޓެސްޓް ކޮށްދޭތީ އެވެ.

ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން ކޮވިޑަށް ޓެސްޓް ކޮށްދެނީ 500 އިން މަތީގެ އަގުތަކެއްގައެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910