ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހާލަތު ގޯސްވެ ދިއްދޫގައި ކާފިއު ހިންގަނީ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ދިއްދޫގައި ހެދި ޕާކްގައި ކުދިން ކުޅެނީ: އެ ރަށުގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސް -- ފޮޓޯ: ބިއެމްއެލް
0%
0%
0%

ކޮވިޑްގެ ހާލަތު ގޯސްވެ ތިލަދުންމަތީ އުތުރުގެ ވެރިރަށުގައި ކާފިއު ހިންގާ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށައިފި އެވެ.

ދިއްދޫ ކައުންސިލުން މިއަދު ބުނީ ދިއްދޫ މޮނިޓަރިންއަށްލާފައިވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ދިއްދޫ ޓާސްކްފޯސް އިން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އެއްވުންތައް މަނާ ކުރުމާއި މާސްކު މަޖުބޫރު ކުުރުމާއި ގޭގެއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު ނުވައެއްގެ ފަހުން ފިހާރަތަކާއި ސެލޫންތައް ބަންދު ކުރުމާއި ރޭގަނޑު ނުވަޔަން ދިހަ އަކަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް ވަނީ އަންގާފައެވެ.

ހޮޓާތަކުންވެސް ދެން ޑައިނިންގެ ހިދުމަތް ދެވޭނީ ނުވައެއް ޖަހަން ދެނެވެ. އޭގެ ފަހުން ބާރަ ޖެހުމާއި ހަމައަށް ޓޭކް އަވޭގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައި ވެއެވެ.

އަދި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމާ އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅުމާއި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

ދިއްދޫއިން ކޮންމެހެން ފުރަންޖެހޭ އުޅަނދަކަށްވެސް އެކަމުގެ ހުއްދަ ހޯދައިގެން ނޫނީ ފުރުން މަނަލެވެ. ޕާޓީތަކާއި ހަފްލާތަކާއި ކުޅިވަރު ހަރަކާތްތައް އަދި ހޮޅުއަށިތަކާއި ޖޯލިތަކުގައި އެއްވެ އިށީންދެ ތިބުންވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ސުކޫލު މަދަރުސާތަކަށް ގުރޭޑް ހަތަކުން ދަށުގެ ކުދީން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމާއި ޓިއުޝަން ކްލާސްތައްވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ވަނީ އަންގާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910