ހަބަރު

ހުޅުމީދޫ ކައިރިއަށް ބޮޑު މަހެއް ލައްގައިފި

އައްޑޫ ސިޓީގެ ހުޅުމީދޫ ކައިރިއަށް ބޮޑު މަހެއް ލައްގައިފި އެެވެ.

ސިޓީ ކައުންސިލްގެ މެންބަރު ހުސެއިން ހިލްމީ މިއަދު ވިދާޅުވީ އެ ސިޓީގެ ހުޅުމީދޫ ކައިރިއަށް ބޮޑު މަހެއް ލައްގާފައިވާ ލެއްގި އިރުވެސް އެ މަސް ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ.

ލައްގާފައިވަނީ ބޮޑު މަހެއްގެ ބާވަތެއް ކަމަށްވާ ސްޕާމް ވޭލެއް ކަމަށް މައުލޫމާތު ލިބިފައިވާއިރު އެ މަހުގައި ގާތްގަނޑަކަށް 50 ފޫޓް ހުރި ކަމަށް ވެއެވެ.

ހުޅުމީދޫއަށް މިއަދު ބޮޑު މަހެއް ލައްގާފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލެ ގޮނޑުދޮށަށް ވެސް ކުނިވެފައިވާ ބޮޑު މަހެއް ލައްގާފައިވެއެވެ. އެއީ ދިގުމިނުގައި ގާތްގަނޑަކަށް 40 ފޫޓު ހުރި މަހެކެވެ. މީގެއިތުރުން މި އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ތ. ވިލުފުއްޓަށް ވެސް 55 ފޫޓުގެ ބޮޑު މަހެއް ލެއްގި އެވެ.