ހިރިލަންދޫ

ހިރިލަންދޫ ދޮންމޫސާ މަރުވެއްޖެ

މަޝްހޫރު ލަވަ ކިޔުންތެރިޔާ ހިރިލަންދޫ ދޮންމޫސާ ނިޔާވެއްޖެ އެވެ. މޫސަ ނިޔާވީ އުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވަނިކޮށެވެ. ދޮންމޫސާ ނިޔާވީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ.

އޭނާއަކީ ވަަރަށް ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. ފަންނާނުން ގިނަ ހިރިލަންދޫއިން އުފެދުނު އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތަކީ ދޮންމޫސާ އެވެ. ލަވައިގެ ތެރެއިން މޫސާގެ މުޖުރާ ލަވަތަކަށް ދިވެހީންގެ ބޮޑު ސަމާލު ކަމެއް ލިބުނެވެ.

މީގެ އިތުރުން އެއީ ސަގާފީ ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ރައީސް މައުމޫން ހިރިލަންދޫއަށް ވަޑައިގެންނެވި އަހަރެއްގައި އެ ރަށުގައި މޫސާ އާއި ހިރިލަންދޫއަށް ނިސްބަތްވާ ފަންނާނުން ކުޅުނު މިއުޒިކު ޝޯއެއްގެ ވީޑިއޯ މިހާރުވެސް ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވެއެވެ. ދޮންމޫސާ ފާހަގަކުރެވެނީ ދިވެހި ލެޖެންޑް ނައިފަރު ދޮހޮއްކޮ ފަދައިން ލަވަ ކިޔުމުގަައި ތަފާތު ފަންނާނެއްގެ ގޮތުގައެވެ.