އެކްސިޑެންޓް

ކާރު އެކްޑިސެންޓެއްގައި ދެ މީހަކަށް އަނިޔާ

ކާރު އެކްޑިސެންޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ ފެންސްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މިރޭ 9:40 ހާއިރު ހިނގި އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހުންނަށް ވަނީ އަނިޔާވެފައެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ. އެ ދެ މީހުންނަަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.