އެމްޓީސީސީ

ދެ ކޮމަންޑޫ ގުޅައިލަން ބިން ހިއްކަން ފަށައިފި

Jan 31, 2022
ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް މިހާރޫ އެމްޓީސީސީ އިން ވަނީ ފަށައިފައި -- ފޮޓޯ: އެމްޓީސީސީ
0%
100%
0%

ށ. ކޮމަންޑޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅައިލުމަށް ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭ އިން މިހާރު ދީފައިވާ ކަމަށެވެ. އެހެންކަމުން މަހާ ޖައްރާފަށް ވެލި ބަރުކޮށް، ރޭ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗުކުރުމަށް މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގަ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށް 249.9 މިލިއަން ރުފިޔާ އަށެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ މިމަޝްރޫއުގެ މަސައްކަތް ރައީސް ސޯލިހް އިއުލާން ކުރެއްވީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތުކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910