ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އިނގުރައިދޫ މޮނިޓަރިންނަށް

ކޮވިޑް ބަލި ފެތުރެމުންދާތީ ރ. އިނގުރައިދޫ މޮނިޓަރިންނަށް ލައިފި އެވެ.

އެޗްޕީއޭގެ މި ނިންމުމާއެކު ބަންދުގައިވާ ރަށްތަކުގެ ލިސްޓު ވަނީ 34 އަށް ބަދަލުވެފަ އެވެ.

އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ލިސްޓްގައިވާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދުގައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދު ކޮށްފައިވާ ކ. މާފުއްޓެވެ. މީގެ އިތުރުން ޑިސެމްބަރު މަހު އެޗްޕީއޭއިން ވަނީ ހއ. އިހަވަންދޫ ވެސް ބަންދު ކޮށްފަ އެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ 32 ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ،، ނ. ކުޑަފަރި، ގދ. ތިނަދޫ. ގދ. މަޑަވެލި. އދ މަހިބަދޫ. ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި، ނ. މާޅެންދޫ، ބ. ކެންދޫ ރ. ކިނޮޅަސް، ބ. ތުޅާދޫ އަދި މިއަދު ބަންދު ކުރި ރ. އިނގުރައިދޫ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަނީ ގޯސްވާން ފަށާފަ އެވެ. އިއްޔެ ކޮވިޑަށް 2838 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1066 އެވެ.