މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އުރީދޫން ޖެންޑާއަށް ޓެބްލެޓް ހަދިޔާކޮށްފި

އުރީދޫއިން ޖެންޑާއަށް ޓެބްލެޓް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ޖެންޑާ މިނިސްޓްރީ
0%
0%
0%

އުރީދޫ މޯލްޑިވްސްއިން، ޖެންޑާ މިނިސްޓްރީއަށް 10 ޓެބްލެޓް ހަދިޔާ ކޮށްފި އެވެ.

ޓެބްލެޓްތައް ހަދިޔާ ކޮށްފައިވަނީ މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓެބްލެޓްތަކާއި ހަވާލުވީ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އެވެ. ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ.

އުރީދޫއިން ހަދިޔާކުރި ޓެބްލެޓްތައް ބޭނުން ކުރާނީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ކިޔަވާ ކުދިންނެވެ.

މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުން 194 ކުދިން ދަނީ ބަލަހައްޓަމުން ނެވެ. ޖެންޑާ ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ދައުލަތުގެ ބެލުގެ ދަށުގައި ތިބި ކުދިންނަށް ރައްކާތެރި، އަމާން މާހައުލެއް ގާއިމްކޮށްދިނުމުގެ ބޭނުމުގައި ހއ. ދިއްދޫ، ށ.ފޮނަދޫ، ބ. އޭދަފުށި އަދި ފުވައްމުލަކުގައި ވަނީ އަމާން ވެށިތައް ގާއިމްކޮށްފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ދަނީ އަމާން ވެށިތައް ގާއިމްކުރުމަށް މަސައްކަތްކުރަމުން ކަމަށް ޖެންޑާއިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910