މޯލްޑިވްސް ޕޮލިސް ސާވިސް

މާލެގެ ސްކޫލެއްގައި ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން: ސްކޫލެއްގައި ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން --- ފޮޓޯ: އަވަސް
0%
0%
0%

މާލޭގެ ސްކޫލެއްގައި ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ މާލޭ ސްކޫލެއްގައި ކުއްޖަކަށް ބުލީކޮށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނުން ފިޔަވާ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވި ކުއްޖާއަށް މި ވަގުތު މާލޭގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ.

ސްކޫލް ތަކުގައި ކުދިންނަށް ބުލީ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކަށް މިފަހުން ދަނީ ފެންމަތިވަމުންނެވެ. ނަމަވެސް މައްސަލައަށް އަދި އެދެވޭ ހައްލެއް ލިބިފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345