ކުޑަކުދިންގެ ހިޔާ

ކުޑަކުދިންގެ ހިޔާގެ ހަތް މުވައްޒަފަކު ސަސްޕެންޑްކޮށްފި

Jun 22, 2021
10
ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާ: އެތަނުގެ ހަތް މުވައްޒަފަކު ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފައި -- ފޮޓޯ: އަވަސް
0%
50%
50%

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ހަތް މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.

ސަސްޕެންޑް ކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހިޔާގައި ކުދިން ބެލުމުގައި ހަރަކާތްތެރިވާ ފަސް މުވައްޒަފަކާއި ދެ ސުޕަވައިޒަރެކެވެ. މުވައްޒަފުން ސަސްޕެންޑް ކުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުއްޖަކަށް މުވައްޒަފަކު އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ.

އެ މުވައްޒަފުންގެ މައްސަލަ ބަލާފައިވަނީ ސިވިލް ސާވިސް ގަވައިދުގެ 258 ވަނަ މާއްދާ އަކުރު (ނ) ގެ ތިންވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ. އެ މުވައްޒަފުންނަށް ތުހުމަތު ކޮށްފައި ވަނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ކަށަވަރު ކޮށްދީފައިވާ ހައްގަކަށް އަރައިގަނެފައިވާ ކަމުގެ ތުހުމަތެވެ.

ގާނޫނުއަސާސީގެ 35 ވަނަ މާއްދާއަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ލިބޭ ހާއްސަ ރައްކާތެރިކަން ކަށަވަރުކޮށްދޭ މާއްދާ އެވެ. ޖެންޑާ މިނިސްޓްރީން މައްސަލަ ބެލުމަށް ފަހު މުވައްޒަފުންނަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ މައްސަލައާއި ގުޅިގެން މުވައްޒަފުން ސަސްޕެންޑް ކުރަނީ 30 ދުވަހަށް ކަމަށެވެ.

އަވަސް އަށް ލިބިފައިވާ އެ ޗިޓްތަކުގައިވާ ގޮތުން މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ 15 އިން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޝައުފިޝާން އަބްދުﷲ ކަމާލުއްދީން ސޮއި ކުރައްވާފައިވާ އެ ޗިޓްތަކުގައިވާ ގޮތުން މުވައްޒަފުން ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ.

މި މައްސަލާގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުގައި ފާހަގަ ކުރެވޭ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުން ގެންދާ ކަމަށެވެ. އަދި އިސްލާހުކޮށް، ހަރުދަނާ ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގެ މައްސަލަތައް ބޮޑުވެ އެތަނުގެ ޝަކުވާތައް އިތުރުވެފައިވީ ނަމަވެސް މައްސަލަތަކަށް ހައްލެއް ލިބޭ ތަނެއް ނުފެނެ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މޫމިނާ

އަނިޔާ ލިބުނު ކުދިން ގޮވައިގެން އެތަނުގެ ސީއީއޯ ކޮންމެ ދުވަހަކު ޝޮޕިންއަށް ގެންގޮސް އެ ކުދިން ހައްދާ ބަޔާންތަން ބަދަލުކުރުމަށް މަސައްކަތް ކުރާކަމަށް މައުލޫމާތު އެބަލިބޭ. ސަސްޕެންޑް ކޮށްފައިވަނީ މޫމިނާގެ ގާތް ބައެއް ކަމަށް ވަނީ. މޫމިނާ މިހާރުން މިހާރަށް އެތަނުން ބޭރުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން.

ފެމުނު

ޢާއިޝަތު މުޙައްމަދު ދީދީ އިސްތިއުފާ.

ވަރަ

މުސާރަޔާއި އެކު ސަސްޕެންޝަން! އަސްލު ހަދަންވީ ގޮތަކީ ތަޙުޤީޤު މަރުޙަލާ ނިމެންދެން ސަސްޕެންޝަނާއި އެކު، އެ މުވައްޒަފުންގެ މުސާރަ ހިފަހައްޓަންވީ އެވެ. ތަޙުޤީޤު ނިމި ދަޢުވާކުރަން ފޮނުވާ މީހުން ސަސްޕެންޑް ކުރި ތާރީޚުން ފެށިގެން ވަޒީފާއި ވަކިކުރަންވީ އެވެ. އޭރުން މުސާރަ ދޭކަށް ނުޖެހޭނެ އެވެ. އަދި ކުށުގައި ޝާމިލް ނުވާ މީހުންނަށް ވަޒީފާ އިޔާދަކޮށް ހިފެހެއްޓި މުސާރަ ދޫކުރަންވީ އެވެ.

ޢަބްދުﷲރަޝީދު

ކުދިންނަށް ގިނައިން އެކުދިންގެ ޙައްޤުތަކަށްއަރައިގަންނަ މުވައްޒަފުންނަށް ޖެންޑަރމިނިސްޓރީއިން މިދެނީއިތުރު ޢިނާޔަށް ވއެއީ ވަޒީފާ އަދާނުކުރުވ ވާ އެއްމަސް ދުވަހުގޭގައި ބައިތިއްބާފައި މިދެނީ އެއްމަހުގެމުސާރަ ކިހާރަނގަޅު ވވއަދާކުރާވަޒީފާއަށްހަރާމްކޯރު ވީމާޗުއްޓީއާއެކުއެއްމަހުގެމުސާރަ މިކަހަކަބޯގަޅިމިނިސްޓަރުންކައިގެންޤައުމުހުންނާނީހިންގިފަ

ގުރޭ

މިއޮތީ އައިޝާ ދީދީގެ މަސައްކަތް ފެންނަން. ކޮބާ މިނިސްޓަރު ގެ އިހުމާލެއް ނެތްތައް؟ ޒިންމާ އެއް ނުނަންގަވާނަން ދޯ

ޢަބްދުﷲ ރަޝީދު

ޙިޔާގެ އިސްވެރިޔަކީ މިހާރު ކާަކުތަ؟ މިފަހުން އެތާގެ މައްސަލަ ހާދަ ބޮޑޭ

ކިނާރާ

މިވަރުން ދެން ހިޔާގައި ތިބޭ ކުދިން އެތާނގައި ރޯ ނުކުރިއްޔާ ދެރަ! އަދިވެސް އަނިޔާ ކުރި މީހުންނަށް ހަރުކަށި ފިޔަވަޅު ވަރުގަދަ ކުރަންވީ، މިކުދިން ރައްކާތެރި ކުރަންވީ ނުން

ޖިމްސާ

ކޮބާ މިއޮތީ މިބުނާ އިހުމާލު! ދައުލަތުން ބަލަން ޖެހޭ ކުދިންނަށް އަނިޔާ ތިކުރަނީ. އަނެއްކާ ސަަސްޕެންޑް ކޮށްފައިވެސ، ހަމަ އެމީހުން އަނބުރާ ވަޒީފާ އަށް ވައްދާނީ. ދެން ރޯވީމަ ބުނާނެ ރޯވެއްޖޭ

ޔުމްނާ

ފޮރުވައިގެން އަންބޮނޑިއަށް ލައިގެން އުޅެނިކޮށް މިއޮތީ މޫމިނާ އާއި އައިޝާދީގެ ތޮއްޑުދޮށުން ގޮސްފަ

ޒިޔާދާ

މަ އޭރުވެސް ބުނީމެއް ނު މޫމިނާމެން ބޮނޑިއެއް ބޯނެއޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345