ހައިކޯޓް

އިންޑިއާ ސިފައިންގެ އަދަދު ނުބުނި މައްސަލަ ކޯޓުގައި ފަށަނީ

Feb 1, 2022

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ކަނޑައެޅުއްވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ހައިކޯޓުން ނިންމައިފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެމީހުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނީ ދިޔަރެސް ނޫހުންނެވެ.

އެ މައުލޫމާތު ނޫހާ ހިއްސާކުރަން ނުޖެހޭ ކަމަށް ކަނޑައެޅުއްވީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ދެއްކެވި ހުއްޖަތަކީ ބަލައިގަނެވޭނެ ހުއްޖަތެއް ނޫން ކަމަށް ބުނެ އެ ނިންމުން ދިޔަރެސް ނޫހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ ނޮވެމްބަރު 24، 2020 ގައެވެ.

މީގެކުރިން ދެ ފަހަރެއްގެ މަތިން އެ މައްސަލަ ފެށުމަށް ހައިކޯޓުން ނިންމި އެެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހާއި މާޗް 31 ވަނަ ދުވަހު ތާވަލްކުރި އަޑުއެހުންތައް ވެސް ކެންސަލް ކޮށްފަ އެވެ.

އަލުން މިމައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށެވެ.