އައި ކެއާ

އައިކެއާއިން ކެންސަރުގެ ބަލި މީހުންނަށް ޕްރޮމޯޝަނެއް

އައިކެއާ އޮޕްޓިކަލްސް އިން ކެންސަރު ބަލި ހުންނަ އަދި ބަލިން ރަނގަޅުވެފައިވާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކެންސަރު ބަލި ޖެހިފައިވާ ފަރާތްތަކަށް ހިންގާ ހާއްސަ ޕްރޮމޯޝަނަކީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެން އައިކެއާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮމޯޝަން އައިކެއާއިން ކުރިއަށް ގެންދަނީ މި އަހަރުގެ ކެންސަރު ދުވަހާ ގުޅުވައިގެން ހާއްސަ ކޮށްފައިވާ ތީމް "ކްލޯސް ދަ ކެޔާ ގެޕް"ގެ ނަމުގަ އެވެ.

އައި ކެއާއިން ބުނީ މި މަހުގެ ނިޔަލަށް މި ޕްރޮމާޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

ކެންސަރު ބަލި ޖެހިފައިވާ މީހުންނަށާއި ބަލިން ރަނގަޅުވެފައިވާ މީހުންނަށް ޕްރޮމޯޝަންގެ ދަށުން ލޮލުގެ ސްކްރީނިން އައިކެއާއިން ހިލޭ ހެއްދޭނެ އެވެ. އަދި އައިއެކާއިން ކުރާ ކޮންމެ ވިޔަފާރިއަކަށް 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

އައި ކެއާއިން އެޕޮއިންޓްމަންޓް ހަދަން ބޭނުންވާ މީހުން ކެންސާ ސޮސައިިޓީގެ ނަންބަރު 7505500 އަށް މެސެޖް ކުރުމަށް އެ ކްލިނިކުން އެދެ އެވެ.

ޕްރޮމޯޝަނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ހޮޓްލައިން ނަންބަރު 3321026 އަށް ގުޅުމަށް ވެސް އައިކެެއާއިން އެދިފައިވެ އެވެ.