އައި ކެއާ

އައިކެއާގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

އައިކެއާގެ ފިހާރަތަކުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ޝެއާ ދަ ލަވް"ގެ ނަމުގައި އައިއެކާއިން ފަށާފައިވާ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން 2000 ރުފިޔާ އިން މަތީގެ ވިޔަފާރިއެއް ކުރާ ކޮންމެ ކަސްޓަމަރަކަށް ދެވަނަ ވިޔަފާރިކުރާއިރު 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. ދެވަނަ ވިޔަފާރިއަށް ޑިސްކައުންޓް ލިބޭނީ މި މަހުގައި އެ ވިޔަފާރިކޮށްފިނަމަ އެވެ.

އައިކެއާގެ ކޮންމެ ފިހާރައަކުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އައިކެއާއިން ލޮލުގެ އެކި ހިދުމަތްތައް ދަނީ ދެމުންނެވެ. އެގޮތުން ލޮލުގެ ނަންބަރު ހެއްދުމާއި ލޮލުގެ އޮޕަރޭޝަން އައިކެއާއިން ކުރެ އެވެ.