ދިރާގު

ދިރާގުން ސަޅި ޑޭޓާ ޑެއިލީ ތައާރަފުކޮށްފި

ދިރާގުން އަމިއްލަ ޕޯސްޓް ޕެއިޑް ތަކަށް "ސަޅި ޑޭޓާ ޑެއިލީ" ބަންޑަލް ތަކެއް ތައާރަފުކޮށްފި އެވެ.

ބޮޑު ޑޭޓާ ޕެކްތަކެއް ލިބޭ ގޮތަށް ތައާރަފްކުރި މި ބަންޑަލްތަކުގައި "ސަޅި 90"، "ސަޅި 150" އަދި "ސަޅި 210" ހިމެނެ އެވެ. އަދި އެއް ފަހަރުން ދިރާގު އެޕް މެދުވެރިކޮށް މި އެޑް-އޮން ބަންޑަލްތައް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އެގޮތުން "ސަޅި 90" ބަންޑަލްގެ ދަށުން 60 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް އެއް ޖީބީ ވެސް ލިބޭނެ އެވެ. އަދި "ސަޅި 150" ބަންޑަލްގެ ދަށުން 90 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް ދެ ޖީބީ ވެސް ލިބޭނެ އެވެ. މީގެ އިތުރުން "ސަޅި 210" ބަންޑަލްގެ ދަށުން 120 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް ތިން ޖީބީ ވެސް ލިބޭނެ އެވެ

ދިރާގުން ބުނީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކާއި އިތުރު އޮފާތައް އިތުރު ކުރުމަށް ވަރަށް ބޮޑަށް މަސައްްކަތް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ދިރާގުން ތައާރަފްކޮށްފައިވާ އަމިއްލަ ޕޯސްޓް ޕެއިޑުން ކަސްޓަމަރުން ބޭނުންވާ ގޮތަށް އެތައް "ކަސްޓަމައިޒްޑް އޮޕަޝަންތައް" ހިމެނެ އެވެ.