ކޮވިޑް-19 ބަލީގައި އިތުުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ދެވަނަ މަރެވެ.
ކޮވިޑްގައި މިއަދު ފުރަތަމަ މީހަކު މަރުވީ ޅ. ނައިފަރުންނެވެ. މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިިރިހެނެކެވެ. އެ މީހާ މަރުވީ މެންދުުރު 1:37 ގައެވެ.
އެޗްޕީއޭ އިން ދެންމެ ބުނީ މިއަދު 2:15 ގައިވެސް އިތުރު މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ 72 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް މީހެކެވެ.
މިއީ މި އަހަރުގެ 16 ވަނަ ކޮވިޑް މަރެވެ. އަދި ރާއްޖޭގެ 280 ވަނަ ކޮވިޑް މަރެވެ.