މަސްތުވާތަކެތި

21 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

Feb 5, 2022

ރާއްޖެ އެތެރެކުރަން އުޅުނު 4.263 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ދެންމެ ބުނީ މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އެ ގައުމަށް ނިސްބަތްވާ 23 އަހަރުގެ އަންހެނަކު ހުއްޓުވާ ލަގެޖް ފާސްކުރިއިރު ލަގެޖްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމުން ބުނީ އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 21 އަހަރުގެ މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.760 ކިލޯ ގްރާމް ހުއްޓެވެ. 23 އަހަރުގެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.503 ކިލޯ ހުއްޓެވެ.

މި ތަކެތީގެ މަގުމަތީ އަގު 21،315،000 އަށް އަރާ ކަމަށްވެސް ބުންޏެވެ.