ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މަރެއް

Feb 7, 2022

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި ފައިވާ ހޯދަމުން ދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައި ވަނީ ރޭ 8:50 ގާއިރު އެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 284 ވަނަ މީހާ އެވެ. އަދި މި އަހަރުގެ 20 ވަނަ ކޮވިޑް މަރެވެ.

އިއްޔެ ބަލި ޖެހެގެން ތިން މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 21 އަހަރުގެ ޒުވާނަކު ވެސް ހިމެނެ އެވެ.

ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ބަލި ފެތުރޭ މިންވަރު ދަށްނުވެ ހުންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. މިދިޔަ ދުވަސްތަކުގައި ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ހުރީ ތިންހާހާ ގާތް ކުރާ މިންވަރެއްގަ އެވެ.