ރ. މީދޫގައި އަޅަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ނިމޭނެކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ މިނިސްޓަރު ދެއްވި ޖަވާބު އިއްވާފަ އެވެ.
އާދަމް ޝަރީފްގެ ސުވާލުގައި ވަނީ މީދޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ސަބަބާއި މި މަޝްރޫއު ނިމޭނެ ތާރީހު ވަނީ އައްސަވައިފަ އެވެ.
އާދަމް ޝަރީފްގެ ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ މީދޫގެ ފުޓް ބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ލަސްވީ އެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ނިންމުމަށް ބޭނުންވާ ވެލި ރަށުން ނުލިބެގެން ކަމަށެވެ.
މި ސަބް ބޭސް ނިންމުމަށް އިތުރަށް ބޭނުންވާ ވެލި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މީދޫ ފުޓްބޯލަ ދަނޑަށް ބޭނުންވާ ޓާފް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ބަޔަކާ މިހާރު ހަވާލުކޮށްފައިވަ ކަމަށާއި އަދި މި މަޝްރޫއު މިއަަހަރުގެ ފުރަތަމަ ކުއާޓާގައި މަޝްރޫއު ނިމޭނެ ކަމަށެވެ.