ވެލާ ކަހަނބުގެ ސާވޭއަަކަށް އުޅަނދެއް ހޯދަން އީޕީއޭއިން އިއުލާނު ކޮށްފި އެވެ.
އީޕީއޭން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ އެޖެންސީން ކުރިޔަށް ގެންދާ ވެލާ ކަހަނބުގެ ސާވޭއެއްގެ މަސައްކަތް ކުރުމަށް މާލެ އަތޮޅާއި މ. އަދި ވ. އަތޮޅުގެ ސަރަހައްދުތަކަށް ދަތުރު ކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ މީހުން މި މަހުގެ 17 ވަނަ ދުވަހު އަންދާސީ ހިސާބު ހުށައެޅުމަށް ވަނީ އެދިފަ އެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް ޖެހިގެން އަންނަ ރަސްމީ ދުވަހު ކަމަށް ވެސް ބުންޏެވެ.
ގެޒެޓްކޮށްފައިވާ އިއުލާނުގައި ބިޑްގައި ހިމެނޭ ޖެހޭ ކަންކަން ވަނީ ތަފްސީލު ކޮށްދީފަ އެވެ.