ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭއިން ސާމްޕަލް ކަލެކްޓަރުން ހޯދަނީ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކޮވިޑް ސާމްޕަލް ސެންޓަރުތަކުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާނު ކޮށްފި އެވެ.

އެޗްޕީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކޮވިޑް ސާމްޕަލް ސެންޓަރުތަކުގައި މަސައްކަތްކުރާނެ ހަ ސާމްޕަލް ނަގާނެ މީހުން ބޭނުންވާ ކަމަށެވެ.

އެޗްޕީއޭގެ ސެންޓަރުތަކުގައި އެމީހުން މަސައްކަތް ކުރަން ޖެހޭނީ ހަ މަސް ދުވަސް ވަންދެން ކަމަށާއި މަހަކު 7500 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މިކަމަށް ޝައުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ކުރި އެޗްޕީއޭއަށް އެޕްލިކޭޝަން ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.

މާލޭ ސަރަހައްދުގައި ޖުމްލައަށް ސާމްޕަލް ސެންޓަރެއް އެޗްޕީއޭއިން މިހާރު ވަނީ ގާއިމް ކޮށްފަ އެވެ.

އެއީ ހުޅުމާލޭގެ ތިން ސާމްޕަލް ސެންޓަރާއި، ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރާއި، ސޯޝަލް ސެންޓަރާއި، ވިލިމާލެ ފްލޫ ކްލިނިކް ސެނެހިޔާ އަދި ބްރިޖް ކައިރީގައި ގާއިމްކުރި ސާމްޕަލް ކަލެކްޝަން ސެންޓަރެވެ.

ހެންވޭރު ދަނޑު ސެންޓަރުން ކޮންމެ ދުވަހަކު މެންދުރުފަހު 3:30 އިން އިރުއޮއްސި 6:30 އަށް ހުޅުވާފައި ހުންނާނެ އެވެ. ސޯޝަލް ސެންޓަރުން ސާމްޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސް ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ.

ބްރިޖް ޕާކިން ޒޯނުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް ސާމްޕަލް ނަގާނެ އެވެ. ހުކުރު ދުވަހު އެ ސެންޓަރުން ސާމްޕަލް ނަގާނީ މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ. ވިލިމާލޭ ފުލޫ ކުލިނިކުން ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮއްސި 6:30 އަށް ސާމްޕަލް ނަގާނެ އެވެ.