ހުޅުމާލެ

ހުޅުމާލެ ފޭސް ދޭއްގައި ސެލޫނެއް

Feb 9, 2022

ހުޅުމާލެ ފޭސް ދޭއްގައި ފުރަތަމަ ފަހަރަށް ސެލޫނެއް ހުޅުވައިފި އެވެ.

"ޝިޔާ ސެލޫން"ގެ ނަމުގައި ހުޅުވި ބޯކޮށާ ސެލޫންގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.

މި ސެލޫން އަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވިފައިވާ ތަނެކެވެ. މިތަނުން ދެވޭ ހިދްމަތް ތަކުގެ ތެރޭގައި ބޯކޮށުމާއި، ތުނބުލި ބޭލުން، ފަރުމާ ކުރުން، ފޭޝަލް މަސާޖާއި، ކެލާ ފޭޝަލް އަދި މޫނު ބްލީޗް ކުރުމާއި، މާމުއި މާސްކް ފަދަ ހިދުމަތްތައް ލިބެ އެވެ.

ބޮލުގެ ތެޔޮ މަސާޖު ކުރުމާއި، ބޮލުގައި ކުލަޖެއްސުން، ލުނބޯ މަސާޖް، ފޭޝަލް ކްލީންގެ ހިދުމަތް ވެސް ލިބެ އެވެ. މީގެ އިތުރަށް ކޮފީ އަދި ފިނި ބުއިމުގެ ހިދުމަތްވެސް މިތަނުން ލިބެން ހުރެ އެވެ.

ޝިޔާ ސެލޫންގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އިންޑިއާގެ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ. އަދި ސާފު ތާހިރުކަމަށް ހާއްސަ ސަމާލް ކަމެއް ދީގެން މަސައްކަތް ކުރާ ތަނެއް ކަމަށް ބުނެފައިވެ އެވެ.