ރާއްޖެ ކުޅިވަރު

މާޒިޔާ އަށް ސްޕެއިން ފޯވަޑެއް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ސްޕެއިންގެ ފޯވަޑެއް ގެނެސްފި އެވެ.

ބުރާސްފަތި ދުވަހު ފަށާ ޕޮމިސް ކަޕަށް ތައްޔާރުވަމުންދާ މާޒިޔާ އަށް ގެނެއި ސްޕެއިންގެ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް ،29، ވަނީ މިއަދު އޮތް އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

އިސްކޮޅުން ދިގު ފޯވަޑެއް ކަމަށްވާ ޕަބްލޯ ވަނީ މީގެ ކުރިން އިންޑިއާ އާއި ފިލިޕީންސް އާއި ނޯވޭ އާއި ރޫމޭނިއާ އަދި ސައިޕްރަސްގެ ކްލަބުތަކަށް ކުޅެ، ގިނަ ތަޖުރިބާތަކެއް ހޯދައިފަ އެވެ.

ޕަބްލޯ އަކީ މާޒިޔާގެ ސްކޮޑަށް އިތުރުކުރި ބިދޭސީ ހަތަރު ވަނަ ކުޅުންތެރިއާ އެވެ. މީގެ ކުރިން ޖަޕާންގެ މިޑްފީލްޑަރަކާއި ބްރެޒިލްގެ މިޑްފީލްޑަރެއް އަދި ފާއިތުވި ދެ ސީޒަންގައި ވެސް އެ ޓީމަށް ކުޅުނު ބަލްގޭރިއާގެ ޑިފެންޑަރު ޒިވްކޯ ވަނީ މީގެ ކުރިން އެ ޓީމާ ގުޅިފަ އެވެ.

ޕޮމިސް ކަޕްގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު މާޒިޔާ ނުކުންނާނީ ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސްއާ ދެކޮޅަށެވެ.